މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލެއް ހޯދުން

ވެހިކަލެއް ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢަށް ވެހިކަލެއް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުމަށް 2021 ނޮވެންބަރު 17 ވަނަ ދުވަހު ކޮށްފައިވާ މި އިދާރާގެ (I)288/2021/102 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވައިފައި ނުވާތީވެ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ، ތިރީގައި ދީފައިވާ ސްޕެސިފިކޭޝަންގެ ޕިކަޕެއް މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކަށް ބީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

Description

Unit

Specification

Payload Capacity

kg

350

Passenger Capacity

nos

2

Propellant

-

Petrol

Transmission

-

Automatic

Drive

-

Right hand drive

Steering

-

Power steering

Turning Radius

m

3.6 – 4.5

Length

m

3.2 – 3.5

Width

m

1.4 – 1.5

Height

m

1.6 – 1.8

Wheel Base

m

1.8 – 1.9

Ground Clearance

cm

15 - 17

Drivetrain

-

2WD

Engine

 

Petrol Engine with EFI fuel system

Engine Displacement (Cc)

cc

540 - 660

Engine Cooling

-

Water-cooled

Minimum Emission Standards

-

Euro 3 or higher

Deck Type

-

Standard deck with 3 side drop

Enclosed Driver Cab

-

Air conditioning system

Sun wiser

Operator Seat

-

Standard seat with seat belt

 

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2021 ޑިސެންބަރު 20 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://forms.gle/wDygphtssANYhykh6

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިޔަށް ދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ޑިސެންބަރު 2021 (ހޯމަ) މެންދުރު ފަހު 1:00

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން

30 ޑިސެންބަރު 2021 (ބުރާސްފަތި) މެންދުރު ފަހު 1:00

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ޢަލީ މުޒުހިރު، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް):

7841529

 

10 ޖުމާދަލްއޫލާ 1443ހ.

14 ޑިސެންބަރު 2021މ.

14 ޑިސެންބަރު 2021
ހޯދާ