ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: WAMCO-FIN/IUL/2021/066
މި ކޯޕަރޭޝަނުން އެކި ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއިން، މި ކޯޕަރޭޝަނުން އަދާކުރަންޖެހޭ މާލީ އިލްތިޒާމް އަދާކޮށްފައިނުވާ މުޢާމަލާތްތަކުގައި، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ފައިސާ ލިބިގަތުމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
01 ޖެނުއަރީ 2016 އިން ފެށިގެން 31 ޑިސެމްބަރ 2019 އިގެ ނިޔަލަށް، މި ކޯޕަރޭޝަން އާއިއެކު ކޮށްފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގެ ތެރެއިން، އެއްވެސް ފަރާތަކުން މި ކޯޕަރޭޝަން އަށް ފޮނުވާފައިވާ އިންވޮއިސް / އިންވޮއިސްތަކަށް ފައިސާ ލިބިފައިނުވާނަމަ، އެ ފައިސާ ހޯދުމަށް އެދި އަލުން އިންވޮއިސް ހުށަހެޅުމުގެ ފުރުޞަތު މިއަދުން (13 ޑިސެމްބަރ 2021) ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހުޅުވާލައިފީމެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް އިންވޮއިސް އެއް ބަލައިނުގަންނާނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މި ކޯޕަރޭޝަން އާއިއެކު ކުރެވިފައިވާ މުޢާމަލާތެއްގެ ތެރެއިން، އެއްވެސް ފަރާތެއްގެ އިންވޮއިސް / އިންވޮއިސްތަކަށް ފައިސާ ލިބިފައިނުވާނަމަ، 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، އިންވޮއިސް އާއި، އަދި އެ މުޢާމަލާތާއި ގުޅޭ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ މި ކޯޕަރޭޝަންގެ ހެޑް އޮފީސް (މއ. ޖަންބުގަސްދޮށުގެ / 02 ވަނަ ފަންގިފިލާ) އަށް ފޮނުއްވައި ދެއްވުމަށް އެދި ދެންނެވީމެވެ. ލިޔެކިޔުންތައް ހަމަނުވާ އިންވޮއިސްތައް ބަލައިނުގަންނާނެ ކަމުގައި ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
11 ޖުމާދިލްއޫލާ 1443
13 ޑިސެމްބަރ 2021