ދިވެހިރާއްޖެ
ސްޓޫޑެންޓް ލޮކަރ ގަތުމާއިގުޅޭ
މި ސްކޫލުގެ ކުލާސް ރޫމުތަކަށް 25 ލޮކަރު ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ޑިސެމްބަރ 2021 އިން 19 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 22 ޑިސެމްބަރ 2021 (ބުދަ) ދުވަހުގެ މެންދުރުކުރި 11:00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާބެހޭ މައުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު، މި އިޢުލާނާއެކުގައި އެވަނީއެވެ.
އީމެއިލް [email protected] މެދުވެރިކޮށް އެދިލެއްވުމުން މަޢުލޫމާތު ފޯމު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ.
13 ޑިސެމްބަރ 2021