ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން ގުޅައިދިނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން.

ނަންބަރު: (IUL)374-C/374/2021/51

އިޢުލާން

       ފެން ގުޅައިދިނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން.

މިއިދާރާގެ ނަންބަރު: (IUL)374-C/374/2021/15 (04 މާރިޗް 2021) ގެ އިއުލާނުގައި ފެނުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ، 2021 އެޕްރީލް 07 ވަނަ ދުވަސްކަމުގައި ދަންނަވާފައިވާނެއެވެ. އެހެންނަމަވެސް ވަރަށް ގިނަ ފަރާތްތަކުން ފެން ގުޅައި ދިނުމުގެ ޚިދުމަތަށް އެދި ފޯމު ހުށަހަޅުއްވާފައިނުވާތީ "ފެން ގުޅައި ދިނުމުގެ ޚިދުމަތަށް އެދޭ ފޯމް" ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކޮށްފީމެވެ. މިއީ މިގޮތުން ދެވޭ އެންމެ ފަހުގެ ފުރުޞަތުކަމަށްވާތީ، މިމުއްދަތުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުއްދަތުގައި ފޯމް ހުށަނާޅުއްވާ އެއްވެސް ޢިމާރާތަކަށް ފެންގުޅައި ދެވެން ނެތްކަމަށް މިޕޮރޮޖެކްޓް މަސައްކަތް ކުރައްވަމުން ގެންދަވާ ކުންފުނިން މަޢުލޫމާތު ދެއްވައެވެ. "ފެނުގެ ޚިދުމަތަށް އެދޭ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 2021 ޑިސެންބަރު 13 ވަނަ ދުވަހުން (މިއަދުން) ފެށިގެން 2021 ޑިސެންބަރު 30 ވަނަ ދުވަހުގެ 12:00 އާ ހަމަޔަށް ރަސްމީ ގަޑީގައި މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު މިދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.

1. ފެނުގެ ޚިދުމަތް ގުޅައި ދިނުމަށް އެދޭ ފޯމް ( ފުރިހަމަކޮށްފައިވާ)

2. ޢިމާރާތުގެ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ

3. ޢިމާރާތުގެ ރަޖިސްޓްރީގެ ސާފުކޮޕީ

4. އެއްވެސް ސަބަބަކާ ހުރެ ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާނަމަ އެކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން.

5. އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅާފައިވާ ވާރުތަވެރިޔާގެ ނުވަތަ ވާރުތަވެރިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

09 ޖުމާދަލްއޫލާ 1443

13 ޑިސެންބަރު 2021

13 ޑިސެންބަރު 2021
ހޯދާ