ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެމްބަރ 16ވަނަ ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް އަދި ބީލަމާގުޅޭ ލިޔެކިޔުންތައް މެއިލްކޮށްދެވޭނެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ. (ބީލަމުގައި ރެޖިސްޓަރ ވާން ޖެހޭ ފޯމުގެ ލިނކް: https://fliplink.io/b2Dy0
4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 19 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ ކޮމްޕިއުޓަރ ލެބް ގައެވެ.
6. ބީލަމާގުޅޭ މަޢުލޫމާތުތައް، ބީލަމުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ އީމެއިލް އަށް ފޮނުވައިދެވޭނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަމު ސްކޫލް
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520555
އީ-މެއިލް: [email protected]