ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ ދަށުން ޕޫލަށް މީހުން ނެގުމާއި ބެހޭ

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތުގައި މަސައްކަތް ކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން ޕޫލަށްމުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އިމާމް / މުދިމް

ބޭނުންވާ ޢަދަދު:

05 (ފަހެއް)

މަޤާމުގެ ގިންތި

ވަގުތީ

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް

މަޤާމުގެ މުއްދަތު/           މަސައްކަތް  ކުރަންޖެހޭ ވަގުތު

01 އަހަރު (31 ޑިސެމްބަރ 2022 ގެ ނިޔަލަށް)

( ދުވާލަކު 5 ގަޑި އިރު)

މަސައްކަތުގެ އުޖޫރަ

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް އޮތް ބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުން.
  • މަސައްކަތާ ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން.

މަސައްކަތުގެ ޝަރުތު

އިމާމުވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް އަދި (ފާހާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތެއްނަމަ އެތަންތަން ސާފުކުރުން.)
  3. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.)
  4. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.
  5. އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑު، ދޮރުތަކާއި ދޮރުފަތްތަށް ފޮޅާ ސާފުކުރުން.  އަދި ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.
  6. މިސްކިތް ތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
  7. ކައުންސިލްގެ އިދާރާއާއި އިމާމުން / މުދިމުން އަންގާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.)
  8. މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަށް ކުރުން.
  9. ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.
  10. މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 ޑިސެމްބަރ 2021 އާ 31 ޑިސެމްބަރ   2021 އާއި ދެމެދު، ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ފޯމްތަށް ބަލައެއް ނުގަނެވޭނެއެވެ.
  • މި މަޤާމުތަކަށް ބޭނުންވާ ޢަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލާފައިވާ ނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

 

 

ވީމާ،މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2021
ހޯދާ