ދިވެހިރާއްޖެ
ނަންބަރ: IUL-PROC-AS-2021-035
މި ކުންފުނީގައި ބޭނުމަށް APC Extended run tower, APC Battery Module and APC Power Module ހޯދަން 25 ނޮވެމްބަރ 2021 ގައި ކުރި އިޢުލާން ނަންބަރު IUL-PROC-AS-2021-018 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 12 ޑިސެމްބަރ 2021 އިން 14 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/21205ރ. (އެކާވީސްހާސް ދުއިސައްތަ ފަސް ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %5 އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.
15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
09 ޑިސެމްބަރ 2021
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483