ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކައުންޓް ޓީޗަރެއް ހޯދުމަށް - ވޭޖް

މަޤާމް :އެކައުންޓް ޓީޗަރެއް ހޯދުމަށް - ވޭޖް
ބޭނުންވާ އަދަދު :1

 

ތ. އަތޮޅު ތަޢުލީމީ މަރުކަޒު

 

           އެކައުންޓް ޓީޗަރެއް ހޯދުމަށް - ވަގުތީ

                                                                                   ނަންބަރު: GS04/IU/2021/22   

މަޤާމް:

ޓީޗަރ، އެކައުންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމްގެ ކްލެސިފިކޭޝަން

ސްކޫލް ޓީޗަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. އަތޮޅު ތަޢުލީމީ މަރުކަޒު / ތ. ތިމަރަފުށި

މުއްދަތު

06 މަސްދުވަސް

މުސާރަ:

6000.00ރ އާއި 12410.00 ރ ދެމެދު ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ދަރިވަރުންނަށް ގިނަގުނަ މަޢުލޫމާތާއި ޓެކްސްފޮތުގައިވާ މަސައްކަތުގެ އިތުރުން އިތުރުމަސައްކަތްތަކެއް ގެންދެވޭނޭގޮތަށް ކުލާހުގައިވާ އިތުރުއެހީތެރިކަން ބޭނުންވާ ދަރިވަރުނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ލެސަންޕްލޭން ތައްޔާރު ސުޕަވައިޒަރުންނާއި އެޗް. އޯ.ޑީން އަންގަވާ ޤަވާޢިދެއްގެ މަތީން  އެބޭފުޅުން ލައްވައި ޗެކްކުރުން.

2- މުޅިއަހަރުގެ މުޤައްރަރު 2 ޓާރމަށް ބަހައި ސްކީމް ތައްޔާރު ކުރުން.

3- ވަކިވަކިދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއިއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާޞިލްކުރުން.

4- ކުލާހަށް ދިއުމުގެ ކުރިން ކޮންމެދުވަހެއްގެ ލެސަންނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުމާއި އަދި ކިޔަވައިދެއްވާގަޑިތަކަކީ ފޮތްމާކުކުރާ ގަޑިތަކަކަށް ނުހެދުން.

5- ކިޔަވައި ދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.

6- ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން.

7- ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން.

8- އިސްލާމް ، ޤްރުއާން ، ދިވެހި ، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން.

9- ދިވެހި ބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހި ބަސް ބޭނުން ކުރުމަށް ބާރު އެޅުން.

10- ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން.

11- ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން.

12- ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަންއެންގެވުން.

13- މުދައްރިސް ދަރިވަރުންގެ ފެންވަރާއިމެދު ޒިންމާވާން ޖެހޭނެއެވެ.

14- ރިޕޯޓް ފޮތުގައި ޓިޕެކްސް ބޭނުންނުކުރުން

15- މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.

16- ދަރިވަރުން ސްކޫލަށް ވަންނަ ފުރަތަމަ ބެލް ޖަހާއިރު ކްލާސް ޓީޗަރުން ކްލާސްތަކުގައި ތިބެންވާނެއެވެ. އަދި ކިޔެވުން ފެށޭ ކޮންމެ ރަނގަބީލަކާއެކު ލަސްނުވެ ޓީޗަރުން ކުލާހައް ހާޒިރުވާންވާނެއެވެ.އަދި އިންޓަވަލްގަޑިއާ ދިމާވާ ޓީޗަރުންން އިންޓަވަލް ގަޑީގައި މަޑުކުރަނަވާނެއެވެ.

17- ކްލާސް ޓީޗަރުން ޙާޟިރީ މާކްކޮށް ޙާޟިރީގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރަން ވާނެއެވެ.

18- ހަވާލުކުރެވިފައިވާ ކުލާސްރެކޯރޑްގައިވާ ބައިތައް ގަޑިގަޑިއަށް ފުރިހަމަކުރުން.

19- ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ.

20- ކްލާސްތެރެ ސާފު ތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން

21- ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ.

22- ކްލާސް ޓީޗަރުން ކްލާހަށް ޙާޟިރުނުވާ ދަރިވަރުންނާއިބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަން ވާނެއެވެ.

23- ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކްލާސް ދޫކޮށް ލައްވާފައި ވަޑައި ނުގަންނަވާށެވެ.

24- ކްލާހަށް ވަޑައިގަންނަވާނީ  ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެ ލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ.

25- ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދެއްވާ މަސައްކަތުގެ މައްޗަށެވެ.

26- ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ޙަވާލުވެފައިވާ ހަރަކާތެއް ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.

27- ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.

28- ސްކޫލް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ވާނެއެވެ.

29- އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ.

30- ކިޔަވައި ދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.

31- ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބަލަހައްޓަވަން ވާނެއެވެ.

32- ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެވަގުތަކު އެކްލާހުގައި ހުންނަވާ މުދައްރިސެކެވެ.

33- ދަރިވަރުންގެ ކިބައިގައި ސާފު ތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ވާނެއެވެ.

34- ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ.

35- ސްކޫލްގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރި ގޮތުގައި ނޫނީ ބޭނުން ނުކުރައްވާށެވެ. ފަރުވާކުޑަ ކަމުން ސްކޫލްގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ޒިންމާ އެބޭފުޅަކު އުފުއްލަވަން ޖެހޭނެއެވެ.

36- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

37- ބެލެނިވެރިންނާއި، ދަރިވަރުންނަށް، އާންމު ރައްޔިތުންނަށް ނަމޫނާ އަކަށް ވުން.

38- ސްކޫލުތެރެއިންނާއި، ސްކޫލުންބޭރުގައި ދަރިވަރުންގެ އަޚުލާގު ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުން.

39- ސްކޫލުގެ ސިއްރުތައް ހިފެހެއްޓުމާއެކު މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތްކުރެއްވުން.(ސްކޫލާ ބެލެނިވެރިންނާ ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރެއްވުން.

މަޤާމުގެ ޝަރުތުތައް:

 

ކޮލިފިކޭޝަން

މަހެއްގެ މައްޗަށް ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

އޯ ލެވެލް ކޮލިފިކޭޝަން

6,000 ރ

272.73 ރ

45.46 ރ

އޭ ލެވެލް ކޮލިފިކޭޝަން

7,000 ރ

318.18 ރ

53.03 ރ

އެޑްވާންސް ސެޓްފިކެޓް

8,590 ރ

390.45 ރ

65.08 ރ

ޑިޕްލޮމާ

9,570 ރ

435.00 ރ

72.50 ރ

ޑިގްރީ

10,940 ރ

497.27 ރ

82.88 ރ

މާސްޓާރސް ޑިގްރީ

12,410 ރ

564.09 ރ

94.02 ރ

 

 

މަޤާމުގެ ތަޢުލީމީ ރޮގުތަށް

މަޤާމް

ތަޢުލީމީ ރޮގު

ޓީޗަރ (އެކައުންޓް)

އެޑިޔުކޭޝަން ، ޓީޗިންގ، އެކައުންޓިންގ

  • ·         މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން
  • ނެތް
  • ·         މަޤާމުގެ ކޯ ޑިސިޕްލިން
  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  • ޓީޗިންގް ސާވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީ ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ 2021 ގެ 12:00 ގެ ކުރިން، ތ. އަތޮޅު ތަޢުލީމީ މަރުކަޒުއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއޮންނާނީ، 20 ޑިސެމްބަރ  2021  އާއި 23 ޑިސެމްބަރ 2021 ދެމެދު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

      

           05 ޖުމާދުލް އޫލާ 1443

           09 ޑިސެމްބަރ 2021

09 ޑިސެންބަރު 2021
ހޯދާ