މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް)

ވަޒީފާގެ ފުރުޞަތު

މަޤާމް

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު

J-339080

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މައިގަނޑު މަސައްކަތް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވާ ހިންގައި ބެލެހެއްޓުމާއެކު އެނިންމުންތައް ތަންފީޒުކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  3. އިކޮނޮމިކް، ސޯޝަލް ސަރވިސް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް ޔުނިޓްގެ މަސައްކަތްތައް ރޭވުމާއި، ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި، ސިވިލް ސަރވިސް ޤަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒުކުރުމާއި އެޕްރައިޒްކުރުމާއި، އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި ފިޔަވަޅުއެޅުން
  4. ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި، ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމާއި، ކައުންސިލްގެ އަހަރީ ޕްލޭން އެކުލަވާލައި، ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމް ކުރުމުގައި އައިލެންޑް ޑިވެލޮޕްމަންޓް ޕްލޭނާއި އެއްގޮތަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ކަމާގުޅޭ ޔުނިޓްތަކާއި މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި، މޮނީޓަރކުރުން
  5. ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޟުނުވާ ގޮތުގެމަތިން ރަށުން ބިންދޫކުރުމާއި، ގޯތިގެދޮރުގެ އިންވަކިކޮށްދިނުމާއި، ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތް ފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާއިބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން.
  6. ރަށު ކައުންސިލުގެ އިޙުތިޞާޞުގެތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުންނާއި، ސަރުކާރުގެ އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށުކައުންސިލާއި ޙަވާލުކޮށްފައިވާ ކަންކަމާގުޅޭގޮތުން ދޫކުރާ ހުއްދަތަކާއި، ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރާ ހުއްދަތަކާއި، ރެޖިސްޓަރީތައް ހަދައިދިނުމާއި އެފަދަ ލިޔުންތައް ދޫކުރުމާއި، އެފަދަ ލިޔުންތައް ބާޠިލުކުރަންޖެހޭ ޙާލަތްތަކުގައި ބާޠިލުކުރުން.
  7. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ތައްޔާރުކުރުމާއި، އެޕްރޮޖެކްޓަކަށް ހިނގާނެ ބަޖެޓް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މާލިއްޔަތު ޤާނޫނާއި ޤަވާއިދުގެ ދަށުން ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް އިޢުލާނު ކުރުމާއި ބިޑް އިވެލުއޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށް މޮނީޓަރކުރުން.
  8. ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށުގައި ހިންގާ ތަފާތު ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތާއި ރިޕޯޓްތައް ހޯދާ، ރަށުތަރައްޤީގެ މަޝްރޫޢުތަކުގެ ރިޕޯރޓް އެކުލަވާލާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް އެމަސްއޫލިއްޔަތާއި ޙަވާލުވެހުރި މުވައްޒަފަށް ބާރުއެޅުން.
  9. ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ އެންމެހާ އިދާރީ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ލިޔެކިޔުންތައް ޤަވާއިދުން ބެލެހެއްޓުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
  10. ކުލީބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކުގައި މަސައްކަތް ކުރިއަށްދަނީ އެއްބަސްވުމާއި އެއްގޮތަށްތޯ ބެލުމާއި، ރަށުގައި ހިންގާ ފިހާރަތަކާއި، ސައި ހޮޓާ އަދި ވިޔަފާރިކުރާ ތަންތަނުގެ ދަފްތަރު ބެލެހެއްޓުމާއި، މިތަންތަން މޮނީޓަރކުރޭތޯ ބެލުމާއި، ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅުއެޅުން
  11. ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކުނިކޮށީގެ ކަންތައްތައް ބެލެހެއްޓުމާއި، ޕެސްޓް ކޮންޓްރޯލް ކުރުމާއި، ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ ކަންތައްތައް ހަމަޖެއްސުމާއި، ރަށުގެ ތިމާވެއްޓާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  12. ކައުންސިލުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ކައުންސިލަށް ރައްދުވާ މައްސަލަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެފަދަ މައްސަލަތަކުގައި ކޯޓުގައި ޖަވާބުދާރީވާނެ މުވައްޒަފުން ހަމަޖެއްސުން
  13. ރަށުގެ މަގުތަކާއި، ގޯޅިތަކާއި ޖެޓީ ސަރަޙައްދު އަދި ކުޅިވަރުކުޅޭ ދަނޑުތަކާއި، ޕާކްތަކާއި، މުނިފޫހިފިލުވުމާއި ބެހޭ އެންމެހާ ތަންތަން ބެލެހެއްޓުމާއި، ރަށުގެ މަގުބައްތިތައް ރަނގަޅަށް ދިއްލޭތޯ ޗެކްކުރުމާއި، ނުދިއްލޭ ބައްތިތައް މަރާމާތުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ރަށުގެ ބަނދަރާއި އެއްގަމު ތޮއްޓާއި ބޭރުތޮށި މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އިންތިޒާމްކުރުމާއި ބެލެހެއްޓުން
  14. 65 އަހަރުން މަތީ މީހުން، އެކަނިވަރި މައިން، ބަފައިން، ނުކުޅެދޭ މީހުންނާއި ދަޢުލަތުން ޚަރަދުކުރާ ނުވަތަ ބަލަހައްޓާ އެނޫންވެސް ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި ގެވެށި އަނިޔާތަކާއި ބެހޭ މައްސަލަތަކެއް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމާއި އެފަރާތްތަކުގެ ޙާލަތު ދެނެގަތުމާއި މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކަމާ ގުޅުންހުރި މަސައްކަތްތައް މޮނީޓަރކުރުން
  15. ބިމާއިބެހޭ އެންމެހާ ކަންތައްތަކާއި، ބިންބިމާއި ގޯތިގެދޮރާއި ރުއްގަހުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  16. އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ގެ ޚިދުމަތް ދިނުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  17. ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ސަރވޭ ކުރުމާއި، މަސްވެރިކަމުގެ ލައިސަންސް، ސީވާރދިނަސް އަދި ބަރުމަރުކާ އާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުވުން
  18. ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރޮކިއުމަންޓްގެ މަސައްކަތްތައް ރާވާ އިންތިޒާމްކުރުމާއި، އެޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރުވުމާއި،  މުދާ ގަތުމާއި މަސައްކަތް/ ޚިދުމަތް ހޯދުމުގެ މަރުހަލާތަކުގެ ރިކޯޑްސް ޤަވާއިދުން ބަލަހައްޓާތޯ ބެލުން
  19. ރަށުން ފޯރުކޮށްދޭ ކަރަންޓް، ބޯފެން އަދި ނަރުދަމާގެ ޚިދުމަތާއި ގުޅުންހުރި ކަންކަން ބެލެހެއްޓުން
  20. އެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ކައުންސިލުން ބާއްވާ ރަސްމީ ޖަލްސާތަކާއި ހަފްލާތައް އިންތިޒާމްކުރުން
  21. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ،  ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް،  ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާރބަން ސްޓަޑީޒް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓުން (www.raamaduvvari.gov.mv) އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތުތައް (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މިލ ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތުތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލް 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފެރެންސް ޗެކް ފޯމް"

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  60% (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން ދިނުން އޮންނާނީ 26 ޑިސެންބަރު 2021 އާއި 06 ޖަނަވަރީ 2022 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެންސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ޖުމާދަލްއޫލާ 1443

09 ޑިސެންބަރު 2021

09 ޑިސެންބަރު 2021
ހޯދާ