ދިވެހިރާއްޖެ
ނަންބަރު: (IUL)374-C/374/2021/50
އިޢުލާން
ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދޭނޭ ފަރާތެއް ހޯދުން.
ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކޮންޓްރެކުޓް އުޞޫލުން، 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2022 މާރިޗް 31 ގެ ނިޔަލަށް (3 މަސް) ދުވަހުގެ މުއްދަތަށް ކަނޑަށް ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. (މިތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ކަނޑަށް ބޭރުކުރަންޖެހޭ ތަކެއްޗެވެ.)
މިމަސައްކަތާގުޅޭ އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުންނާއި، ފޭސްބުކު ޕޭޖު އަދި ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، 2021 ޑިސެންބަރު 09 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާ އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުނ www.fncl.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ، ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރު ކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އަގަށާއި އަދި އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
08 ޑިސެންބަރު 2021