ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރައިން ކުރި ނަންބަރު: (IUL)261/261/2021/22 (29 ނޮވެމްބަރ 2021) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ ދެފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 16 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2021 ވާ ބުދަދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ޕްރީބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސްފަރާތަކުން ބައިވެރިވެވަޑައިގަންނަވާނަމަ، ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.