ދިވެހިރާއްޖެ
2022 ވަނައަހަރު މާފުށީ ސްކޫލްސެކިއުރިޓީ ބަލަހައްޓާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: GS143/IUL/2021/020 އިޢުލާން ބާތިލްކޮށް އަލުން 2022 ވަނައަހަރު މާފުށީ ސްކޫލްސެކިއުރިޓީ ބަލަހައްޓާދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ޑިސެމްބަރ 2021 އިން 13 ޑިސެންބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ޑިސެންބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
ފޯނުނަންބަރު 7920287
އީމެއިލް: [email protected]