ދިވެހިރާއްޖެ
އިޢުލާން
ކައްކާގޭހުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުމާ ބެހޭ
ކައްކާގޭހުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5,000 (ފަސްހާސް) އަކަފޫޓުގެ 01 ބިންކުއްޔަށް ދޫކުރުމަށް ރަށުކައުންސިލުން ވަނީ ނިންމައިފައެވެ.
ވީމާ، ކައްކާގޭހުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
19 ޑިސެމްބަރ 2021 |
އާދީއްތަ |
11:00 |
ނޯޓް: މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު 19 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް: [email protected] ކުރެއްވުން އެދެމެވެ. v މައުލޫމާތު ސާފުކުރާ އަމިއްލަ ފަރުދުން / ކުންފުނި ނުވަތަ ވިޔަފާރީގެ ނަން: v މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އައި.ޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް އަދި ފޯން ނަންބަރު: v ކުންފުނީގެ ނުވަތަ ވިޔަފާރީގެ އީ-މެއިލް އެޑްރެސް :(އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ސެޝަންގެ ލިންކު މި އީމެއިލްއަށް ފޮނުވޭނެއެވެ.) |
|||
މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުން (މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި އޮންލައިންކޮށްވެސް ބައިވެރި ވެވޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މީޓިންގެ ލިންކް ރަޖިސްޓަރީކޮށްފައިވާ މެއިލް ކުރެވޭނެއެވެ. |
21 ޑިސެމްބަރ 2021 |
އަންގާރަ |
13:00 |
ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
23 ޑިސެމްބަރ 2021 |
ބުރާސްފަތި |
11:30 |
މަޢުލޫމާތު ސާފުކުރާ ސެޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުމާދަލްޢޫލާ 1443
09 ޑިސެމްބަރ 2021