ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ޙާލަތު ބަލައި، ފަންގަސް އަދި ފަނި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓްދިނުމާއި، އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރު ކޮށްފައިވޭތޯ ބަލައި، އެތަންތަނަށް ބޭނުންވާ ޓްރީޓްމަންޓްދީ 1 އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގައި މަޢުލޫމާތު ސާފުކުރުމަށާއި (ޕްރީ ބިޑް މީޓިންގ) އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

12 ޑިސެމްބަރ 2021 (އާދިއްތަ)

11:00

ޤައުމީ ކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް، މެދުޒިޔާރަތް މަގު، ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި)

ބީލަން ހުށައެޅުން

20 ޑިސެމްބަރ 2021 (ހޯމަ)

11:00

ޤައުމީ ކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް، މެދުޒިޔާރަތް މަގު، ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި)

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9124733 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2021
ހޯދާ