ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ މިސްކިތްތަކަށް ޕޫލް ވޭޖްއެމްޕްލޯއީމަންޓްގެދަށުން މަސައްކަތު މުވައްޒަފުން ހޯދުމާއިބެހޭ

މިރަށު މިސްކިތްތަކުގައި މަސައްކަތްކުރައްވާ މަސައްކަތުމީހުން ސަލާމާއި އާއިލީ ޒިންމާ އަދި އަހަރީޗުއްޓީގައި ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މާޤާމް: މަސައްކަތު

ބޭނުންވާ ޢަދަދު: 03

މުއްދަތު:   01 އަހަރު

ޝަރުތު:ލިޔަންކިޔަން އެނގުން.

  • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

- ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ގުރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނޯޓު: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ 60 އަހަރު ނުފުރޭ ފަރާތްތަކަށް ވުން.  

މުސާރަ ދެވޭގޮތް: މަސައްކަތަށް ޙާޟިރުވާ ވަގުތަކަށް 45.00 ( ސާޅީސް ފަސްރުފިޔާ ) އެވެ.

ނޯޓު: މިމަޤާމަކީ އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް ހަމަޖެހިފައިވާ މަޤާމެއް ނޫނެވެ.  

ޙާޟިރުވާން ޖެހޭ ވަގުތު: މިސްކިތުގައި މަސައްކަތް ކުރައްވާ ދާއިމީ މަސައްކަތު މުވައްޒަފުން  ސަލާމާއި ޗުއްޓީގައި  ހުރުން ނުވަތަ ޙާޟިރު ނުވެވޭ ވަގުތު ތަކުގައެވެ.

 

މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

- ލިބިފައިވާ ތަޢުލީމު

- މަޤާމުގެ މަސައްކަތުގެ ދާޢިރާއާ ގުޅޭ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު

ޝޯޓްލިސްޓް ކުރުން:މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 19 ޑިސެމްބަރ 2021 އާއި 22 ޑިސެމްބަރ 2021  އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

  މިވަޒީފާއާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރ 6760049 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

08 ޑިސެންބަރު 2021
ހޯދާ