މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކައުންސިލްގެ 01 ވަނަ ޤުރުއާން މުބާރާތް

މި އިޢުލާންވަނީ 12 ޑިސެންބަރު 2021 13:27 ގައި ބާތިލް ކުރެވިފައެވެ.


އަނގޮޅިތީމް ކައުންސިލްގެ 01 ވަނަ ޤުރުއާން މުބާރާތް

އަނގޮޅިތީމް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ރާވާ އިންތިޡާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ( ކައުންސިލްގެ 01ވަނަ ޤުރުއާން މުބާރާތް 2021 ) މިހިނގާ ޑިސެމްބަރ މަހުގެ 29 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.      

މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

1 ވަނަ ޤުރުއާން މުބާރާތުގެ މުޤައްރަރު:

#

އުމުރުފުރާ

ބަލައިގެން

ނުބަލާ

މަތިން

ތިރިން

 

1

7 އަހަރުން ދަށް

ފުރަތަމަ 7 ސަފްހާ

އަޢްލާ ސޫރަތުން ތިރި

ޟުޙާ ސޫރަތުން ތިރި

2

9 އަހަރުން ދަށް

1 ފޮތް

1 ފޮތް

އިންޝިޤާޤުން ސޫރަތުން ތިރި

3

12 އަހަރުން ދަށް

3 ފޮތް

3 ފޮތް

ކުއްވިރަތް ސޫރަތުން ތިރި

4

17 އަހަރުން ދަށް

5 ފޮތް

5 ފޮތް

30 ވަނަ ފޮތް

5

17 އަހަރުން މަތި

7 ފޮތް

7 ފޮތް

މުއްޒައްމިލް ސޫރަތުން ފެށިގެން ތިރި

                           
08 ޑިސެންބަރު 2021
ހޯދާ