ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފްރެންޗް A1 ކޯސް

މި ފެކަލްޓީގެ ނަންބަރު MNU-FA/IUL/2021/43 އިޢުލާނުގައިވާ މަޢުލޫމާތެއް އިސްލާހު ކުރުމަށް ފަހު އަލުން ޢިއުލާނު ކުރަމަވެ.  އިސްވެ ދެންނެވުނު ނަންބަރު ޢިއުލާނާއިގުޅިގެން ފޯމު ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމު ހުށަހަޅުވަން ނުޖެހޭނެއެވެ.

ޤައުމީ ޔުނިވަރސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފްރެންޗް A1" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2022 ޖަނަވަރީ 29ވަނަ ދުވަހުގެ 23:59

ކޯސް ފެށޭ ތާރީޚު:

2022 ފެބުރުވަރީ 07

ކޯހުގެ ޝަރަތު

މި ފެކަލްޓީއިން ކުރިއަށްގެންދާ ފްރެންޗް އިންޓްރޯޑަކްޓަރީ ނުވަތަ 1 މަސް ދުވަހަށްވުރެ ކުރުނޫން ފްރެންޗް ބޭސިކް ކޯހެއް ފުރިހަމަކޮށްފައިވުން.

ކޯސް ހިންގޭނެ ގޮތް:

އޮންލައިންކޮށް (ހޯމަ އަދި ބުދަ ދުވަހު 20:00ން 21:30ށް)

ޖާގައިގެ ޢަދަދު:

30

މުއްދަތު:

15 ހަފުތާ

އުމުރުފުރާ:

15 އަހަރުން މަތި

ފޯމުގެ ލިންކު:

t.ly/4COF  

ކޯސް ފީ:

3100/- ރ

 

މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ 3345277 ނަންބަރު ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

08 ޑިސެންބަރު 2021
ހޯދާ