ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ރަސްމީ ވޮލީކޯޓު މަރާމާތު ކުރުމާއި ކުޑަކުދިންގެ ޕާކު ސާމާނު އެތުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް ގެމަނަފުށި ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގައެވެ.
މަސައްކަތް ހަވާލު ކުރުމުގައި ޕޮއިންޓް ދެވޭނެގޮތުގެ އުސޫލު:
މަސައްކަތުގެ އަގަށް: 80 ޕޮއިންޓް
ތަޖުރިބާއަށް : 10 ޕޮއިންޓް
މަސައްކަތުގެ މުއްދަތައް: 10 ޕޮއިންޓް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.