މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
15 އެގްޒެކްޓިވް ގޮނޑި ނީލަން ކިއުމާއި ބެހޭ

        އިޢުލާން

15 އެގްޒެކްޓިވް ގޮނޑި ނީލަން ކިއުމާއި ބެހޭ

 9 ސެޕްޓެންބަރ 2020ގައި ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދާ އެއްއޮފީހުން އަނެއްއޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ ނީލަން ކިއުމާއި، ނައްތާލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018ގެ ނަންބަރު 13-D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ އާއި އިޢުލާން ނަމްބަރ: (IUL)141-A/141/2021/262 އާއި ގުޅިގެން 4 ފަރާތުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ނަމަވެސް ނީލަމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ޙާޟިރު ވެފައި ނުވާތީވެ ތިރީގައިވާ ތަކެތި ނީލަން ކިޔުމަށް ހުޅުވާލަމެވެ

ނީލަން ނަންބަރ

ބާވަތް

މުދަލުގެ ފެންވަރު

ތަކެތި ހުރިތަން

ފެށޭއަގު

MYSCE/2021/03

15އެގްޒެކްޓިވް ގޮޑި

ބާވެ، ހަލާކުވެފައި

ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް 

1875.00

ވީމާ، ނީލަމުގައި ބައިވެރިވެ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ. އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.

#

މަޢުލޫމާތު ސާފުކުރުން

19ޑިސެންބަރ  2021

10:00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

#

ނީލަން ކިޔުން

 20 ޑިސެންބަރ 2021

10:00

އެކަމޮޑޭޝަން ބްލޮކް  ގްރައުންޑް

ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލްhttps:/bandeyripay.finance.gov.mvއަށް ދައްކަވަން ވާނެއެވެ.

08 ޑިސެންބަރު 2021
ހޯދާ