މަޤާމް:
|
ސޭލްސް އެންޑް މާރކެޓިންގ އެގްޒެކްޓިވް
|
އަސާސީ މުސާރަ
|
-/6,950 ރުފިޔާ
|
އެލަވަންސްތައް:
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީ.ޕީ 5
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ސޭލްސް އެންޑް މާރކެޓިންގ
|
މަޤާމުގެ ބާވަތް:
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ ބްރޭންޑްތަކުގެ ޑިމާންޑް އަދި ކޮމްޕެޓިޝަން އެނަލައިޒް ކުރުމާއި ރިސާޗް ހެދުން.
- ކުންފުނިން ގެނެސްދޭ ޕްރޮގްރާމްތަކަށް ރެވެނިއު ޕްލޭންހަދާ، ކްލައިންޓުންނަށް ދޭންޖެހޭ ޕްރެޒެންޓޭޝަން ތައްޔާރުކޮށް، ކްލައިންޓުންނާއި މީޓިންތައް ބާއްވާ ސްޕޮންސާރޝިޕް ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ސޭލްސް ރިޕޯޓް ހެދުމާއި ރެވެނިއު ފޯކާސްޓް ހެދުން.
- ރިޕޯޓް ލިޔުން، ކޮޕީ ރައިޓިން އަދި ވެބް ކޮންޓެންޓް ތައްޔާރުކޮށް އަޕްޑޭޓް ކުރުން.
- ބްރޭންޑް އަދި ޕްރޮގްރާމްތަކުގެ ތަފާސް ހިސާބު (ސްޓެޓިސްޓިކަލް އިންފޮމޭޝަން) އަދި ފައިނޭންޝިއަލް މަޢުލޫމާތު ހޯދާ ބެލުން.
- އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވާ ހިންގުން އަދި ޕްރޮޑަކްޓްތައް އެންމެ ރަގަޅަށް އާއްމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން.
- ސޯޝަލް މީޑިއާ ކެމްޕެއިންތައް ރާވާ ހިންގުން.
- ޕަބްލިކް ރިލޭޝަން އަދި ކޮމިއުނިކޭޝަންގެ މަސައްކަތް ކުރުން.
- ސޭލްސް އާއި މާކެޓިންގެ ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން.
- ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި އުސޫލުތަކަށް އަހުލުވެރިވެ، މަސައްކަތް ފުރިހަމަކުރުމުގައި އެތަކެއްޗަށް ރިއާޔަތްކުރުން.
- ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ހަވާލުވާ މަސައްކަތައް ކުރުން.
|
އިތުރު އެލަވަންސްތައް:
|
- އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ޑިސެންބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|