ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ (ގދ.ތިނަދޫ ކެމްޕަސް)

މަޤާމް :ކެމްޕަސް މެނޭޖަރ (ގދ.ތިނަދޫ ކެމްޕަސް)
ބޭނުންވާ އަދަދު :1

ގދ.ތިނަދޫ ކެމްޕަސް ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ

މަޤާމް: ކެމްޕަސް މެނޭޖަރ

މަޤާމުގެ ކްލެސިފިކޭޝަން: އިދާރީ

ބޭނުންވާ ޢަދަދު:  1

މަސައްކަތް ކުރަން ޖެހޭތަން:  ގދ.ތިނަދޫ ކެމްޕަސް

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 3 އަހަރު ދުވަސް

 

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

  1. މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   
  • މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.
  1. ޓެނުއަރޝިޕް އެލަވަންސް: 5،000.00 އިން 7،000.00 ރުފިޔާ އާ ދެމެދު (މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ކެމްޕަސް މެނޭޖަރުން އައްޔަންކުރުމުގެ އުޞޫލު ގައިވާގޮތުގެ މަތިންނެވެ.)
  2. ފޯން އެލަވަންސް: މަހަކު 500.00 ރުފިޔާ

 

ތަޢުލީމާއި ތަޖުރިބާ

  1. ކެމްޕަސް މެނޭޖަރކަމުގެ މަޤާމަކީ އެކަޑެމިކް މުވައްޒަފުންގެ ރޭންކުގައިވާ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުޞަތެކެވެ.
  2. އިދާރީ މުވައްޒަފުންގެ ތެރެއިން އަދި އާންމުންގެ ތެރެއިން ޑިރެކްޓަރ ލެވެލްގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭ މަޤާމެކެވެ. ޑިރެކްޓަރު ކަމުގެ ފެންވަރަކީ ދަށްވެގެން އެމް.އެން.އެފް.ކިއު. ލެވެލް 9 ގެ ފާހެއް (މާސްޓާރސް ޑިގްރީ) އެއް އޮތުމެވެ. ނުވަތަ އެމް.އެން.އެފް.ކިއު. ލެވެލް 7 ގެ ފާހެއް (ބެޗެލާރސް ޑިގްރީ) އަކަށް ފަހު 4 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
  3. ޔުނިވަރސިޓީގެ މުވައްޒަފެއްނަމަ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

 

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.

https://mnu.edu.mv/wp-content/uploads/2020/08/Campus-Managers-policy-revision-14-October-2020.pdf

 

އެޕްލިކޭޝަންފޮނުވަންވީތާރީޚް: 2021 ޑިސެންބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.

 

https://tinyurl.com/MNUHR-TC-2021-217

      ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު

  - ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

2. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތު ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދު.

6. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345144 ނަންބަރު ފޯނާއެވެ.

08 ޑިސެންބަރު 2021
ހޯދާ