ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އިޢުލާން
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެ
- މި އިދާރާއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ޑިސެންބަރު 07 ން 2021 ޑިސެންބަރު 12 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/7Qt8Jn7Ed8pUgToRA
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 13 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ ފޯން ނަންބަރަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- މަކުނުދޫ ކައުންސިލް އިދާރާ
- ހދ.މަކުނުދޫ
- ފޯން: 7789355
- އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
07 ޑިސެންބަރު 2021
ހޯދާ