މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީގެ ވާރޗުއަލް ކައުންޓަރ އެޕްލިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

     މިނިސްޓްރީ އޮފް ހެލްތުން ދޭމައުލޫމާތާއި އެއްގޮތަށް މިނިސްޓްރީގެ ވާރޗުއަލް ކައުންޓަރ އެޕްލިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  08 ޑިސެމްބަރ  2021 ވާ ބުދަ ދުވަހުން ފެށިގެން  16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޑިސެމްބަރ 2021 އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

03 ޖުމާދަލް އޫލާ  1443

07 ޑިސެންބަރު 2021
ހޯދާ