ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                  

މަޤާމް:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އަސާސީ މުސާރަ:

-/5,500 ރުފިޔާ

އެލަވަންސްތައް:

-/2,520 ރުފިޔާ

މަޤާމުގެ ރޭންކް:

އޭ އެސް 7

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ހިއުމަން ރިސޯސް

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު)  މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުން ހޯދުމުގައި ކުރަންޖެހޭ މަސައްކަތުގައި ސެކްޝަންގެ އިސްފަރާތްތަކާއި އެހީތެރިވެދިނުން.
  • ކުންފުނީގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިވެދިނުމާއި، އެ މަސައްކަތުގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ކުރާ މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ރިޕޯރޓުތައް ލިޔެތައްޔަރުކުރުމާއި ބެލެހެއްޓުން.
  • މަސައްކަތާއި ގުޅޭ ހުރިހާ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޙަވާލުކުރެވިފައިވާ މަސައްކަތާއިގުޅޭގޮތުން ލިބޭ މެއިލްތަކުގައިވާ މަސައްކަތްތައް ނިންމާ ދުވަހުންދުވަހަށް މެއިލްތަކަށް ޖަވާބުދިނުން.
  • ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަމާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • ޑިޕާރޓުމަންޓުގެ މުވައްޒަފުން ޗުއްޓީ ނެގުންފަދަ ނުވަތަ ދިމާވާ ޙާލަތަކާއި ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތްކުރަން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 ޑިސެންބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

                         .03 ޖުމާދަލްޢޫލާ 1443  

07 ޑިސެންބަރު 2021
ހޯދާ