ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމާއި ގުޅޭ

ހައްދުންމަތީ އިސްދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅޭ ލޯގޯއާއި ދިދަތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއާއި ދިދައެއްގެގޮތުގައި ކަނޑައަޅާ ލޯގޯއާއި ދިދައަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމާބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލޯގޯއާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯއާއި ދިދަ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

07 ޑިސެންބަރު 2021
ހޯދާ