ދިވެހިރާއްޖެ
އދ.މާމިގިލީ ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް ވޮލީކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ އެވެ. މިމަސައްކަތަކީ މިކައުންސިލުން ތަކެތިދީގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2021 ޑިސެމްބަރ 08 ން 2021 ޑިސެމްބަރ 15 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/200 ރ ( ދުއިސައްތަ ރުފިޔާ ) އެވެ. ބިޑް ހުށަހަޅުއްވާނީ 2021 ޑިސެމްބަރ 19 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ.
ިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .