ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

 މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:

1. މަގާމުގެ ނަން

އިންޓަރނަލް އޮޑިޓަރ

ރޭންކް:

އެމް.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2،500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭން އެކުލަވައިލުން.

- އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭނާ އެއްގޮތަށް އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން.

- އިންޓަރނަލް އޮޑިޓް އަހަރީ ރިޕޯޓް އެކުލަވައިލުން.

- އިންޓަރނަލް އޮޑިޓް ރިޕޯޓްތަކުގައި އިސްލާޙްކުރުމަށް ހުށަހެޅޭ ކަންތައްތައް އޮފީހުގެ މެނެޖްމަންޓަށް ހުށަހަޅައިގެން އިސްލާޙްކުރުން.

- އިންޓަރނަލް އޮޑިޓް ކޮމިޓީއަށް އިދާރީގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުން.

- އިންޓަރނަލް އޮޑިޓާގުޅޭ ކަންކަމުގައި އިންޓަރނަލް އޮޑިޓް ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން ޖަވާބުދާރީވުން.

- އިންޓަރނަލް އޮޑިޓާ ގުޅިގެން އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 13 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ.   މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި

ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.        މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidency.gov.mv  އެވެ.

 
07 ޑިސެންބަރު 2021
ހޯދާ