ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރގެ (ބަޖެޓް، ފައިނޭންސް އެންޑް ޕްރޮކިއުމަންޓު ޑިޕާޓްމަންޓު) މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

 ތާރީޚް

 

 07 ޑިސެންބަރު 2021

 ނަންބަރު

  (IUL)168-CA/1/2021/126

ބަޖެޓް، ފައިނޭންސް އެންޑް ޕްރޮކިއުމަންޓު ޑިޕާޓްމަންޓު

 މަޤާމު:

 ޑިރެކްޓަރ

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

 މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު -/13,650 ރުފިޔާ

 - ލިވިންގ އެލަވަންސް -/3,000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3,500 ރުފިޔާ

- މޮބައިލް ފޯން އެލަވަންސް -/500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ރަސްމީ ގަޑި

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

 ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ދައުލަތުގެ މާލީ  ނިޒާމު ހިންގުމުގެ އިސް މަގާމެއްގައި ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. ދައުލަތުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ދާއިރާގައި މާލީ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މަދުވެގެން 5 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތު

  1. ބަޖެޓް، ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ މަސައްކަތް ރާވާ، މޮނިޓަރކޮށް ހިންގުން.
  2. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  1. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރަންޖެހޭ މުއްދަތުގައި އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ކޮންމެ މާލީ އަހަރެއް ނިމުމުން އެއެހަރެއްގެ ތެރޭގައި ހިންގުނު މަޝްރޫޢުތަކާއި، ކުރިއަށް އޮތް މާލީ އަހަރުގައި ނުވަތަ އަހަރުތަކުގައި ހިންގުމަށް ހަމަޖަހިފައިވާ މަޝްރޫއުތަކުގެ ތަފްސީލް އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގައި ހަދަންޖެހޭ ކޮމިޝަންގެ މާލީ ބަޔާން ތައްޔާރުކުރުމާއި އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ކޮމިޝަންގެ މާލީބަޔާން ފޮނުވަންޖެހޭ މުއްދަތައް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް ފޮނުވުން.
  4. ކޮންމެ މަހަކު ކޮމިޝަނަށް ހުށަހަޅަންޖެހޭ ބަޖެޓް ރިޕޯޓު ތައްޔާރުކުރުން.
  5. ކޮމިޝަންގެ ޚަރަދުތައް ކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުން.
  6. ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުމާއި ދަތުރުތަކަށް ފައިސާ ހަމަޖެއްސުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސަކަތްތައް ކުރުން.
  7. މާލީއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ތިޖޫރި ބެލެހެއްޓުން.
  8. ކޮމިޝަނަށް ލިބޭ ބޭރު ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ކުރާ ޚަރަދުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، ކޮންމެ ދަތުރަކަށްފަހު އެންބުރި އަންނަތާ 3 ދުވަހުގެ ތެރޭގައި ހޯދަންޖެހޭ ޚަރަދު ރިޕޯޓު ހޯދައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ފައިސާއާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.
  9. ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ކޮމިޝަނަށް ލިބޭ ޕްރޮޖެކްޓުތަކުގެ ފައިސާއާއި ކޮމިޝަންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ލިބޭ އެކިއެކި ބޭރުގެ އެހީތައް ބަލަހައްޓައި، ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް އެހީދޭ ފަރާތްތަކާއި ކޮމިޝަނާ ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކޮމިޝަންގެ ބަޖެޓް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް ބަޖެޓް ބާކީކޮށް، ބެލެހެއްޓުން.
  11. ކޮމިޝަންގެ ޕެޓީކޭޝްއަށް ބޭނުންވާ ފައިސާ ހޯދުން. މިގޮތުން ޕެޓީ ކޭޝްއިން ޚަރަދުކުރެވުނުގޮތުގެ ރިޕޯޓު ތައްޔާރުކޮށް ވައުޗަރ ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  12. ކޮމިޝަނަށް އަންނަ ބިލުތަކަށް ފާއިސާ ދެއްކުމުގެ އެންމެހައި އިންތިޒާމްތައް ބަލަހައްޓައި ކުރުން.
  13. ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ކުރީމަހުގެ ފައިނޭންޝަލް ރިޕޯޓު ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  14. މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި އަދި ފައިސާއާ ބެހޭ ރިކޯރޑްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.
  15. ކޮމިޝަނުގެ ފައިސާއާއިބެހޭ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމުގައި ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ ކަންކަމާ ގުޅިގެން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.
  16. ކޮމިޝަނުގެ ޕްރޮކިއުމަންޓާއި ގުޅޭ އެންމެހައި ކަންތައްތައް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރިއަށްދާތޯ ބަލައި ފަންނީ ލަފާދިނުން.
  17. ކޮމިޝަނަށް ބޭނުންވާ އެންމެހައި ތަކެތި މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
  18. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި މަސައްކަތްތަކާއި ގުޅުންހުރި އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  19. އެކި ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ޙަވާލު ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުންތައް ބަލަހައްޓައި  އެކަން ހިނގާ ނުހިނގާގޮތް ބެލުން.
  20. ކޮމިޝަނުން ހިދުމަތް ހޯދާފައިވާ ތަންތަނުން ބިލް ލިބޭތޯ ކަށަވަރުކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  21. މާލިއްޔަތު ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކަމާގުޅޭ ޑިޕާޓްމެންޓްތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
  22. ޑިޕާޓްމެންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރުން.
  23. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  24. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  25. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

   6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

 ސުންގަޑި

 2021 ޑިސެންބަރު 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

 އެހެނިހެން

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  5. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  6. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003115 ނުވަތަ 3003113 އަށެވެ. 

ވަޒީފާއަށް އެދި ފޯމް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

 

 

 

07 ޑިސެންބަރު 2021
ހޯދާ