ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

 

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-346189

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މުސާރަ:

-/11,065.00

ސަރވިސް އެލަވަންސް:

-/2000.00

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ. 
  • ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1300ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޗީފް އެގްޒެކެޓިވްގެ ލަފަޔާއި އިރުޝާދުގެ މަތިން ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ މަސައްކަތް، ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރތަކާއި އެއްގޮތަށް ރަވާ، ހިންގާ ބެލެހެއްޓުން.
  2. ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން އުފައްދާފައިވާ ކޮމެޓީތަކުގެ މަޝްވަރާތަކަށް ބޭނުންވާ ލަފާދިނުމާއި އެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓައި ހިންގުމާއި ކޮމެޓީތަކުގެ ނިންމުންތައް ތަންފީޒުކުރުން.
  3. މާލީ ހިސާބުތަކާއި ތައްޔާރުކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ޤާނޫނާއި ޤަވާއިދާއިއެއްގޮތަށް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވާފައިވެތޯ ބަލައި ޔަގީންކުރުން.
  4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބަލައި ޗެކްކުރުން.
  5. ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.
  6. ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް އެއިރަކު ހުންނަވާ އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ނިންމުން.
  7. ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމުގައި ކުރަންޖެހޭ އިންތިޒާމްތައްކޮށް އެކަންކަން ރާވައި ހިންގުން.
  8. ޗީފް އެގްޒެކެޓިވްގެ ލަފަޔާ އެއްގޮތަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން އިދާރީ އުސޫލުތައް އެކުލަވާލުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން.
  9. ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން / ޔުނިޓްގެ މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް ޒިންމާދާރުވެރިޔާގެ ލަފަޔާއެކު އިންސާފު ގެނައުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚްގައި އެޕްރައިޒަލް ފޯމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  10. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބެލުން.
  12. މުވައްޒަފުންގެ މަސައްކަތު ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ޓްރެއިނިންގ، ސެމިނަރ، ވޯކްޝޮޕް ފަދަ ތަންތަނަށް މުވައްޒަފުން ފޮނުވުމުގެ ފުރުސަތު ހޯދަދިނުމުގެ މަސައްކަތްތައް ކުރުން.
  13. ކަނޑައެޅިފައިވާ ދުވަހަށް އަހަރީ ރިޕޯޓް އެކުލަވާލަން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުވުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  14. ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  15. ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކާއި، ބެހޭގޮތުން ކުރަންޖެހޭ ކަންތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
  16. ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
  17. ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ޚަބަރު ތައްޔާރުކޮށް، ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ، މިއޮތޯރިޓީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބަލަހައްޓަމުންދާކަން ޔަގީންކުރުން.
  18. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.
  19. އޮތޯރިޓީގެ ފްރަންޓް އޮފީހަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރަނގަޅު ފެންވަރެއްގައި އެކަށީގެންވާ ރައްޓަހި މާޙައުލެއްގައި ޚިދުމަތް ދެވޭނެފަދަ ފްރަންޓް އޮފީހެއް ހެދުމާއި، ބެލެހެއްޓުމާއި ދެމެހެއްޓުމުގެ ކަންތައްތައްރާވާ ހިންގުން.
  20. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ދެމެދު ކުރެވޭ މުޢާމަލާތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް ތަމްރީން ދެވޭނެ ގޮތްތައް ރާވާ ހިންގުން.
  21. އޮތޯރިޓީގެ އެކި ކަންކަމުގައި ބޭނުންވާ ލީގަލް އެހީ ހޯދުމަށް ބޭރުގެ ފަރާތްތަކާއި ކޮންޓްރެކްޓް ކުރުމުގެ ކަންތައްތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމާ ގުޅޭ ތައުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
  • ކޮމްޕިއުޓަރ ސައިންސް
  • ފައިނޭންސް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމަށް ކޯ ޑިސިޕްލިން ކަނޑައަޅާފައި: ނުވޭ

މަޤާމް ގެ މަސައްކަތު ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި www.cam.gov.mv ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަ ނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • އަސާސީ ޝަރުތު ހަމަވުން                       30
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް          5
  • ޕްރިފަރޑް ޑިސިޕްލިން އާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް       5
  • ތަޖުރިބާ                                 5
  • އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)            15
  • ޕްރެޒެންޓޭޝަން                             10
  • އިންޓަރވިއު                               30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޑިސެންބަރު 2021 ވާ ހޯމަ ދުވަހު ގެ 12:00 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ  އަދި އެސެސްމެންޓްއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 16 ޑިސެންބަރާއި 30 ޑިސެންބަރ އާ ދެމެދު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3030353 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 ޑިސެންބަރު 2021
ހޯދާ