ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަގުތަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

 

 

ނަންބަރ:

 (IUL)421/421/2021/37

އިޢުލާން

ތާރީޚް

‏ 03 ޖުމާދިލްޢޫލާ 1443

 07 ޑިސެމްބަރ 2021

 

 

އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ މަގުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

 

           މިރަށުގެ އެކި ސަރަހައްދުތަކުން އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގެ މުއްދަތު 2021 ޑިސެމްބަރ 31 ވަނަ ދުވަހަށް ހަމަވާތީ އިތުރު 01 އަހަރު ދުވަހުގެ މުއްދަތަށް މިދެންނެވި މަގުތައް ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

             ވީމާ، މިދެންނެވި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

             އެގޮތުން މަގުތައް ބެލެހެއްޓުން ހަވާލުކުރެވޭނީ ތިރީގައިމިދަންނަވާ ގޮތުގެމަތިން ކަމުގައި ދަންނަވަމެވެ.

  1. މިހާރުވެސް އެކަށީގެންވާ ގޮތުގައި މަގުތައް ސާފުކޮށް ބަލަހައްޓާ ފަރާތްތަކަށް އެފަރާތްތަކުން ބަލަހައްޓަމުންގެންދާ މަގުތަކަށް ސިޓީ ފޮނުވުމުން އެއްބަސްވުން އާކޮށްދިނުން.
  2. މަގު ހަވާލުކުރުމަށްފަހު 02 މަސްދުވަހަށްވުރެ ގިނަދުވަސްވަންދެން ރަށުން ބޭރުގައި އުޅޭ ފަރާތްތަކުގެ މަގުތައް އެހެން ފަރާތްތަކާއި ހަވާލުކޮށްގެން ބެލެހެއްޓުން.
  3. ރަގަޅު ފެންވަރުގައި މަގުތައް ސާފްކޮށް ބަލަހައްޓަމުންގެންދާ ފަރާތްތަކަށް އިސްކަން ދިނުން.
  4. ހުސްވާ މަގުތަކާއި އަލަށް އިތުރުކުރާ މަގުތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  5. މަގުތައް ހަވާލުކުރުމުގައި ފާއިތުވެދިޔަ ތަނުގައި މަގުތައް ބަލަހައްޓާފައިވާ ގޮތަށް ބެލުން.

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

                                                               ޙާޝިރު މުޙައްމަދު

                                                            ކައުންސިލްގެ ނާއިބް ރައީސް

07 ޑިސެންބަރު 2021
ހޯދާ