ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި،
ދިވެހިރާއްޖެ.
ނަންބަރު: K5C-A/2021/42
އިޢުލާން
މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ ނޯޓިސްބޯޑު މަރާމާތުކުރުމަށް ބޭނުންވެއްޖެ.
މިކޯޓުގެ ނޯޓިސްބޯޑު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކޯޓުންކުރި އިޢުލާން (އިޢުލާން ނަންބަރު: K5C-A/2021/40) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެމަސައްކަތްކުރުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 12ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށްމިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 11:00ގައި މިކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
07 ޑިސެމްބަރ 2021