މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓްގެ މަޢުލޫމާތު ޢާއްމުކުރުން

ޕްރޮކިއުމަންޓްގެ މަޢުލޫމާތު ޢާއްމުކުރުން


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 2021 އޮކްޓޫބަރު  އަދި ނޮވެންބަރު މަހު ކުރިއަށް ގެންގޮސްފައިވާ -/35,000ރ. (ތިރީސްފަސްހާސް) އިން ދަށުގެ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު މި އިޢުލާނާއިއެކު އާއްމުކުރީމެވެ.

 

އަދި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ އެސް.އޭ.ޕީ(ސެޕް) ސިސްޓަމްގައި ވެންޑަރ ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން މި މިނިސްޓްރީގެ ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "މުދަލާއި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ. އީ- މެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.

 

މިނިސްޓްރީ އޮފް ފިނޭންސްގެ އެސް.އޭ.ޕީ(ސެޕް) ސިސްޓަމްގައި ވެންޑަރ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް މި މިނިސްޓްރީގެ ޕްރޮކިއުމަންޓް މެއިލް އަށް ފޮނުވުމުން މި މިނިސްޓްރީގެ ވެންޑަރުންގެ ރަޖިސްޓްރީގައި ހިމަނައިދެވޭނެއެވެ.

 

-          ވިޔަފާރީގެ ނަން

-          ސެޕް ގެ ވެންޑަރ އައި.ޑީ

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

-          ފޯރުކޮށްދޭ މުދާ/ޚިދުމަތްތަށް

 

ވެންޑަރ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.

06 ޑިސެންބަރު 2021
ހޯދާ