ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިމެންތިގާ އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރުމާ ބެހޭ:

އިޢުލާން

ސިމެންތިގާ އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރުމާ ބެހޭ:

ނަޑެއްލާ އިރު ދެކުނު ފަރާތުގައި ސިމެންތިގާ އެޅުމުގެ މަސައްކަތަށް 14 ޑިސެމްބަރ 2021 އިން 13 ޑިސެމްބަރ 2021 އަށް 01 އަހަރުގެ މުއްދަތަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ 1500 އަކަފޫޓްގެ ބިމުގެ މުއްދަތު 13 ޑިސެމްބަރ 2021 ގައި ހަމަވާތީ، އެ ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މި އިދާރާގެ ނަންބަރު:  418-NC/2021/46 ކައުންސިލްގެ ނިންމުމުގައިވާ ގޮތުގެމަތިން މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް 0.60 ( ފަސްދޮޅަސް ލާރި ) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.

  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
  2. ބިމު ކުލީގެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް ހުށަހަޅާ އަގު.
  3. ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
  4. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 10:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02ޖުމާދަލްއޫލާ 1443

06 ޑިސެމްބަރ  2021

06 ޑިސެންބަރު 2021
ހޯދާ