| 
 މަޤާމް: 
 | 
 ކައުންސިލް އެސިސްޓެންޓް (ވަގުތީ) 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 6 (ހައެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ (1 އަހަރު ދުވަސް) 
 | 
| 
 މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަން 
 | 
 އެސް.އެސް 1 ، ސަޕޯޓް ސަރވިސް ގްރޭޑް 1                                             
 | 
| 
 ސެކްޝަން: 
 | 
 ތޮއްޑޫ ކައުންސިލްގެ އިދާރާ 
 | 
| 
 ވަޒީފާ އޮތް އޮފީހާއި، 
ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ، ވޭސްޓްމެނޭޖްމަންޓް ސެންޓަރ (ކުނިގޮނޑު) 
 | 
| 
 މުސާރަ: 
 | 
 -/4000ރ (ހަތަރުހާސް) ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
 | 
 -/1000ރ (އެއްހާސް) ރުފިޔާ 
 | 
| 
   
އިތުރު ޢިނާޔަތްތައް: 
 | 
- އެޓެންޑެންސް އެލަވަންސްގެ ގޮތުގައި މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/100ރުފިޔާ.
 
- ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/50ރުފިޔާ.
 
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ގޭގެއިން އުކާލުމަށް ޓަކައި ނެރޭ ކުނި ވޭސްޓު މެނޭޖުމަންޓު ސެންޓަރަށް ގެންދިޔުން .
 
- އުކާލުމަށްޓަކައި ވޭސްޓުމެނޭޖުމަންޓު ސެންޓަރަށް ގެންދެވޭ ކުނީގެ ބާވަތްތަށް މިސާލަކަށް ޕުލާސްޓިކު ، ދަގަޑު، ބިއްލޫރިފަދަ ބާވަތްތަށް ވަކިކުރުމަށްފަހު ވަކިން ބެހެއްޓުން
 
- ވޭސްޓު މެނޭޖުމަންޓު ސެންޓަރަށް ގެންދެވޭ ކުނި އެންދުމުގެ މަސައްކަތް ކުރުން
 
- ވޭސްޓު މެނޭޖުމަންޓު ސެންޓަރ ހުޅުވައިގެން ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން  އެތަނުގައި ޑިޔުޓީ ކުރުން
 
- ރަށުގެ އިޖްތިމާއީ ސަރަހައްދުތަކުގައި ބެހެއްޓިފައިހުރި ޑަސްބިންތައް ކޮންމެ ދުވަހަކު އެއްފަހަރު ޗެކުކުރުމަށްފަހު ޑަސްބިންތަކުގައިވާ ކުނި ވޭސްމެނޭޖުމަންޓު ސެންޓަރަށް ގެންދިޔުން
 
- ވޭސްޓު މެނޭޖުމަންޓު ސެންޓަރު ހުޅުވިފައި ހުންނަ ގަޑިތަކުގައި އެތަނަށް ގެންދެވޭ ކުނި ބަހައްޓަން ވީތަން ދެއްކުން
 
- ފުޅަވާޒާތުގެ ކުނި ވަކިކޮށް ދުވަހުން ދުވަހަށް ނައްތާލުން
 
- އުކާލުމަށްޓަކައި ވޭސްޓުމެނޭޖުމަންޓު ސެންޓަރަށް ގެންދެވޭ ކުނި ބޭނުންކޮށްގެން ކައުންސިލް އިދާރާގެ އިރުސާދުގެ ދަށުން ގަސްކާނާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން
 
- މަތީގައި ދެއްނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުން
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- މަސައްކަތުގެ ޝައުޤުވެރިކަން ހުރުމާއި، ޞިއްޙަތު ރަގަޅު ހީވާގިކަމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- މި އިއުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަށް ލިބިފައިވާ މަސައްކަތު ތަޖުރިބާ (%20)
 
- ކުރިމަތިލާ ފަރާތުގެ ޢުމުރަށް؛
 
 
      - 18 އަހަރާއި، 30 އަހަރާއި ދެމެދު    () 
      - 31 އަހަރާއި، 55 އަހަރާއި ދެމެދު    () 
      - 55 އަހަރުން މަތި            (%5) 
-  ލިބިފައިވާ ހުނަރު (އިންޓަރވިއު) (%50)
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުން ދޫކޮށްފައިވާ ލިޔުން.
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 ވަޒީފާއަށް އެދޭ ފޯމު އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021ޑިސެމްބަރު 13ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެ އެވެ 
 | 
| 
 އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު މިހިނގާ ޑިސެންބަރު މަސް ތެރޭގައި އއ.ތޮއްޑޫ ކައުންސިލްއިދާރާގައި އޮންނާނެ އެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6660537) ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. 
 |