ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން.

 

އިޢުލާން  

 

2022 ވަނަ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.

 

           2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           2022ވަނަ އަހަރުގެ ޖެނުއަރީ 01 އިން 2022 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ނިޔަލަށް  މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected]  ) ފޮނުއްވައި ނުވަތަ މި ސްކޫލުގެ 6700026 ނަންބަރާއި ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

            06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

12 ޑިސެމްބަރ 2021

އާދީއްތަ

މަޢުލޫމާތު ސާފްކުރުން

10:30ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

16 ޑިސެމްބަރ 2021

ބުރާސްފަތި

އަންދާސީ ހިސާބްހުށަހެޅުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

  • މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

  •   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

  •   މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6700026   ފޯނަށް 07 ޑިސެމްބަރ 2021އިން 13 ޑިސެމްބަރ 2021އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  •  މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
  •  މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޑިސެންބަރު 2021
ހޯދާ