ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމު ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ފުނަދޫ ސްކޫލް

 

    ށ. ފުނަދޫ،

   ދިވެހިރާއްޖެ.

                                    އިޢުލާން ނަންބަރ: (IUL)GS-59-AD/INDIV/2021/51

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ޔުނީފޯމް ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ސްކޫލްގެ ދަރިވަރުންގެ އައު ޔުނީފޯމް ފަހާ ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)GS-59-A/INDIV/2021/46 (15 ނޮވެމްބަރ 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިސްކޫލުގެ ދަރިވަރުންގެ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 07 ން 12 ޑިސެމްބަރ 2021 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.

2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމަބަރ 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected]  ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7536273 ފޯނާއި ގުޅުއްވުން އެދެމެވެ.

3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޑިސެމްބަރ 14 ވާ އަންގާރަ ދުވަހު ހެދުނު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ޑިސެމްބަރ 19 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި  ފުނަދޫ ސްކޫލުގައެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

ފުނަދޫ ސްކޫލް،

ރެހެންދިމަގު / ށ.ފުނަދޫ

ފޯން: 6540540

އީމެއިލް: [email protected]

 

06 ޑިސެމްބަރ 2021

06 ޑިސެންބަރު 2021
ހޯދާ