މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ މިހުރާބުގޭގައި ބެހެއްޓިފައިވާ ޢަރަބި ލިޔުންތަކާއި، އާޓްވޯކް ހިމެނޭ ބޯޑްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ މިހުރާބުގޭގައި ބެހެއްޓިފައިވާ ޢަރަބި ލިޔުންތަކާއި، އާޓްވޯކް ހިމެނޭ ބޯޑްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި މި މިނިސްޓްރީ ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނީ 09 ޑިސެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ ގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020212 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޑިސެންބަރު 2021
ހޯދާ