މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އިޢުލާންވަނީ 07 ޑިސެންބަރު 2021 11:46 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2022 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިސްކޫލުގެ ނަންބަރު: (14 ނޮވެމްބަރ 2021) އިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
- 2022 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެމްބަރ 6 އިން 2021 ޑިސެމްބަރ 14 އަށް ބަންދުނޫން ކޮންމެ ދުވަހަކު 6:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 14 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ޑިސެމްބަރ 15 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަތިވެރި ސްކޫލް
އއ. މަތިވެރި
ފޯން: 6660816
އީމެއިލް: [email protected]
02 ޖުމާދަލްއޫލާ 1443
06 ޑިސެމްބަރ 2021
06 ޑިސެންބަރު 2021
ހޯދާ