ދިވެހިރާއްޖެ
އިޢުލާން
1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް އިސްދޫ ކަލައިދޫ ސްކޫލް ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2021 ޑިސެންބަރު 6 އިން 9 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 12:00އަށް އިސްދޫ ކަލައިދޫ ސްކޫލަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެންބަރ 12 ވާ އާދިއްތަ ދުވަހުގެ 12:00 ގައި މި ސްކޫލުގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 14 ވާ އަންގާރަ ދުވަހުގެ 12:00 ގައި މި ސްކޫލުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ކަލައިދޫ ސްކޫލް
މޯބައިލް: 6800743
އީ-މެއިލް: [email protected]
ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އިސްދޫ ކަލައިދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔެވައި އޮންނަންވާނެވެ.