އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން

އޮކްޓޯބަރ 2020 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ހިންގުން ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާގޮތަށް ހަމަޖެހި މި ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރުމަށް މިހޮސްޕިޓަލުން ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކާއި އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިހިނގާ ޑިސެމްބަރު މަހު ހަމަވާތީ، އިތުރު އެއް އަހަރަށް މިހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށްދިނުމަށް ބޭނުންވާ ރެކްރޫޓްމެންޓް އެޖެންސީތަކަށް ހުޅުވާލަމެވެ.  ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިވާކަން ބަޔާންކޮށް "އެޖެންސީތަކުގެ ގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 12 ޑިސެންބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން  މިހޮސްޕިޓަލަށް ހުށަހެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު އެއްއަހަރުދުވަހުގެ މުހުލަތަށް ދެވިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6885046 އާ ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2021
ހޯދާ