މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު- ލޯގޯ ފަރުމާކުރުން

އިޢުލާނު

ތުޅާދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުހުޅުވާލުން

މިއިދާރާއިން ކުރިޔަށް ގެންދާ އެކިއެކި ޙަރަކާތްތަކާއި، ރަސްމީ އެކިއެކި ލިޔުންތަކުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ، ފަރާތްތަކަށް ހުޅުވާލަމެވެ.

މުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް:

މިމުބާރާތުގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި ޕްރޓްނަރޝިޕްތަކުގެ އިތުރުން ކުލަބްޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ.

ލޯގޯގައި ހުންނަންޖެހޭ ޝަރުޠުތައް:

  • މި ލޯގޯއަކީ ބ. ތުޅާދޫ ރަމްޒުކޮށްދޭ، އަދި ޒަމާނުއްސުރެ ތުޅާދޫގެ ރައްޔިތުން ކުރަމުންދާ އަތުމަސައްކަތާއި އަތްތެރި މަސައްކަތް ދައްކުވައިދޭ އަދި އެހެންރަށްރަށާ ތުޅާދޫ ތަފާތުވާ ސަބަބުތައް ހާމަކޮށްދޭ އަދި ރަށުގެ ތާރީޚާއި ޘަޤާފަތާ ގުޅުން ހުރި ލޯގޯއެއް ކަމުގައިވާން ވާނެއެވެ.
  • ލޯގޯގެ މައިގަނޑު ކުލައަކަށް ވާންވާނީ ރަތް، ކަޅު، ގޯލްޑު، ރީނދޫ (ލިޔެލާޖެހުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ޕްރައިމަރީ) ކުލަތަކެވެ.
  • ހުށަހަޅާ ލޯގޯއަކީ އަމިއްލަވަންތަ އުފެއްދުންތެރި، ލޯގޯއެއް ކަމުގައިވާން ވާނެއެވެ.
  • ލޯގޯގެ ޑިޒައިންއަކީ މިކައުންސިލްގެ ބިޒްނަސް ކާޑު، ސްޓާރފް ކާޑު، ލެޓަރ ހެޑް، ބެނަރ، ކެންވާސް، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވާން ވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައި ވާންވާނީ ވެބް ވާޝަން، ޕްރިންޓް ކޮލިޓީ ވާޝަން އަދި ސްކޭލަބަލް ވެކްޓަރ ގްރެފިކްސް (އެސް. ވީ. ޖީ) ފޯމެޓަށެވެ.
  • 01 ވަނައަށް ހޮވޭ ލޯގޯގެ ކޮޕީރައިޓްސް ކައުންސިލަށް ޙަވާލުކުރަން ވާނެއެވެ.

 ހުށަހަޅަންޖެހޭ ތަކެތި:

  • ލޯގޯ ހުށަހަޅާފަރާތް/ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު (ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ފޯން ނަންބަރު، އީ މެއިލް އެޑްރެސް) އެނގޭނެ ގޮތަށް މުބާރާތުގައި ބައިވުމަށް ހުށަހަޅާ ސިޓީ
  • ލޯގޯ ހުށަހަޅާފަރާތް/ފަރާތްތަކުގެ އައި.ޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް) ފަރުމާކުރި ލޯގޯ، މާނަކުރާގޮތް ދިވެހިބަހުން ލިޔެފައިވާ ލިޔުން
  • ލޯގޯގެ ވެބް ވާޝަން، (ޕީ.އެން.ޖީ ފޯމެޓްގައި)، ޕްރިންޓް ކޮލިޓީ ވާޝަން (ކުލަ އަދި ގްރޭސްކޭލް ޕީ.އެން.ޖީ ފޯމެޓްގައި)، ސްކޭލަބަލް ވެކްޓަރ ގްރެފިކްސް ވާޝަން (އެސް.ވީ.ޖީ ފޯމެޓްގައި)، އަދި ޕީ.އެސް.ޑީ ފޯމެޓްގައި
  • ލޯގޯގެ ކުލަ އަދި ގްރޭސްކޭލް ޕްރިންޓް ތިރީގައިވާ ސައިޒުތަކުގައި

-  4cm X 4cm

 - 14cmX 14cm              

 ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުޞޫލުތައް:

  • ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންކުރެވިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.

 

 މާރކްސް ދެވޭބައިތަކާއި މިންގަޑު:

ކަނޑައެޅިފައިވާ %

ދަށްވެގެން ހޯދަންޖެހޭ %

 ކޮލިޓީއާއި ޓެކްނިކަލް ފެންވަރަށް

35%

28%

 އުފެންދުންތެރިކަމާއި މަސައްކަތްތެރިކަމަށް

25%

12%

 ތާރީޚް ރަމްޒުކޮށްދޭ މިންވަރަށް

20%

 10% 

 އަމިއްލަވަންތަކަމަށް

20%

10%

 

 މުބާރާތުން 01 ވަނައަށް ހޮވޭނީ %60 (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބޭ ފަރާތެކެވެ.

 އިނާމް:

މިމުބާރާތުން 01 ވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަށް 5,000.00 (ފަސް ހާސް ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 ސުންގަޑި:

މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2021 ޑިސެންބަރު 12 ވާ އާދީއްތަ ދުވަހުގެ 10:00 ށް ތުޅާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ދުރުވެ ޢިއުލާންގައި ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.  އަދި ތަކެތި ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ ހުށަހެޅުންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދު ނުވަތަ ހަމަނޫން ހުށަހެޅުންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު:6600006 ފޯނާ ގުޅުއްވުން އެދމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

      

 

05 ޑިސެންބަރު 2021
ހޯދާ