އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ވެންޑަރ ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ބޭނުމަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށް ވެންޑަރ ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލަމެވެ. މިކަމުގެ މަގްސަދަކީ ގިނަފަރާތްތަކަށް އަގު ހުށައެޅުމުގެ ފުރުސަތު ދިނުމާއި ވެންޑަރ ތަކާއި އޮންނަ ގުޅުން ރަނގަޅު ކުރުމުގެ ގޮތުންނާއި އަދި މުދަލާއި ހިދްމަތް ހޯދުމުގެ ފަސޭހަ ގޮތްތަކެއް ގާއިމްކުރުމަށެވެ.

ވީމާ، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ  14:00ގެ  ކުރިން މިއޮފީހުގެ އީމެއިލް،  [email protected] އަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2021
ހޯދާ