ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން

   

      ވ.ފުލިދޫ ބާބަކިޔު ސަރަޙައްދުގައި އަމިއްލަ ތަކެތީގައި 4 މޭޒުއާއި 4 ގްރިލަރު ހަދާދޭނެ  ފަރާތެއް ބޭނުންވެއެވެ.

 

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

 

1- ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޑިސެމްބަރ 7 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

 

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެމްބަރ2021 ވާ ހޯމަ ދުވަހުގެ12:30ގައި ފެލިދެއަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

 

  • މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ( ނަން،އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު ) އަދި މަސައްކަތުގެ ޖުމަލް އަގު މުއްދަތު އެނގެން އޮންނަންވާނެއެވެ، ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

 

  • ބިޑްތަށް އިވެލިއޭޓް ކުރުމުގައި މާރކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

 

 

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބާލާނެ މިންގަނޑުތައް

 

 

   އިންސައްތަ

  ތަފުޞީލް

 

%80

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން )

 

%20

މަސައްކަތުގެ މުއްދަތު

 

 

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ-ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ: ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ނ- ކުދި އަދި މެދުފަންތީގެ ވިޔަފާރިގައި ރަޖިސްޓްރީކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކު ޑިވެލޮޕް މަންޓުން ދޫކޮށްފައިވާ ލިޔުން (އެސް.އެމް.އީ ރަޖިސްޓްރޭޝަން ކޮޕީ )

ރ- އަމިއްލަ ފަރާތް: ކާކުކަންއަންގައިދޭ ލިޔުން އަދި މަސައްކަތުގެ ތަޖުރިބާ ( މަސައްކަތު ތަޖުރިބާގެ ލިޔުމުގައި އެ ލިޔުންދޫކުރި ފަރާތުގެ ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )

     ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

    ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި

ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.

                އިތުރުމަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްއިދާރާގެ 9393603 ނަމްބަރު ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                ވީމާ، މިކަން ޢާންމްކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ. 

05 ޑިސެންބަރު 2021
ހޯދާ