އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ޕްލޭގްރައުންޑަށް އެޅުމަށް ބޭނުންވާ ދޮންވެލި ފޯރުކޮށްދިނުން

1. މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ޕްލޭގްރައުންޑަށް އެޅުމަށް ބޭނުންވާ 600 ގޯނި ދޮންވެލި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 08 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

3. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 07 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނުވަތަ 9171052 ނަންބަރާ ގުޅުއްވުން އެދެމެވެ.

4. މަސައްކަތަށް އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.

5. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާނީ މަސައްކަތްކުރާ ފަރާތުންނެވެ.

 

‏01‏ ޖުމާދަލްއޫލާ‏ 1443

 

05 ޑިސެންބަރު 2021
ހޯދާ