އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލަށް 3 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދުން:

މި ކައުންސިލުން 03 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށްކުރި ނަންބަރު: 340/340/2021/36 (IUL) (14 ނޮވެންބަރު 2021) އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން ބިޑްހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

                               ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2021 ޑިސެންބަރު 05 ވަނަދުވަހުން 2021 ޑިސެންބަރު 09 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އީމެއިލަށް ނުވަތަ 6660676 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

             މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2021 ޑިސެންބަރު 05 އިން 2021 ޑިސެންބަރު 09 ވަނަ ދުވަހުގެ  14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2021 ޑިސެންބަރު 12 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2021 ޑިސެންބަރު 19 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

05 ޑިސެންބަރު 2021
ހޯދާ