ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކުރުމާއި ގުޅޭ

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއްގެގޮތުގައި ކަނޑައަޅާ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯ ފަރުމާކޮށް ހުށަހެޅުމާބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 23 ވަނަ ދުވަހުގެ 11:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

05 ޑިސެންބަރު 2021
ހޯދާ