ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 ޑިސެންބަރު 2021 13:49 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ލ. އޮޅުތޮޅު ކުއްޔަށް ދޫކުރުން
ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ކަޑައެޅުން ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރު ނަމްބަރު: 3/2020 (18 މާރިޗު 2020) ގައި ބަޔާން ކޮއްފައިވާ ގޮތުގެ މަތިން މި ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ލ. އޮޅުތޮޅު ކުއްޔަށް ދޫކުރުމަށް ބޭނުން ވެއެވެ.
ތަފްސީލު
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި ބީލަން ފޮތް ވިއްކުން 100ރ |
15 ޑިސެމްބަރު 2021 ބުދަ |
13:00 ގައި |
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާ |
މައުލޫމާތު ސާފުކުރުން |
15 ޑިސެމްބަރު 2021 ބުދަ |
13:00ށް |
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާ |
ބިޑް ހުށަހެޅުން |
29 ޑިސެމްބަރު 2021 ބުދަ |
13:00 އަށް |
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާ |
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއަކާއި މަޢުލޫމާތު ސާފްކުރުމަށް ހާޒިރުވަނީ ކޮންފަރާތެއްގެ ނަމުގައި ކަން އިގޭނެ ފަދަ ލިޔުމެއް ގެންނަންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.