އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން - 2022
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/SR/IUL/2021/17
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2022 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލުގެ 2022 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެމްބަރ 6 އިން 2021 ޑިސެމްބަރ 14 އަށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ 6580359 ފޯނަށް ރަސްމީގަޑިގައި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޑިސެމްބަރ 15 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2021 ޑިސެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ.
- މިބީލަމާގުޅޭ ބީލަންފޮތާއި، ބީލަން ހުށަހަޅާފޯމު، މިކަމަށް މަޢުލޫމާތު ދޭ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަމްބަރ: 6580359
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
1 ޖުމާދަލް އޫލާ 1443
5 ޑިސެމްބަރ 2021
05 ޑިސެންބަރު 2021
ހޯދާ