ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ކީޕަރ {ކޮންސްޓްރަކްޝަން ލޭބަރ}

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

މުނިސިޕަލް ކީޕަރ {ކޮންސްޓްރަކްޝަން ލޭބަރ}

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ރޭންކް:

ސަޕޯޓް ސާރވިސް ގްރޭޑް 1

އުޖޫރަ:  

އަސާސީ މުސާރަ:  3100 ރުފިޔާ ،

ސާރވިސް އެލަވަންސް 1000 ރުފިޔާ،

ސަޕޯޓިންގ ކޯ އެލަވަންސް 1200 ރުފިޔާ،

މުނިސިޕަލް އެލަވަންސް 1450 ރުފިޔާ

އެކުޖުމްލަ 6750 ރުފިޔާ

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު: 08:00 އިން 16:00 އަށް.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަން ކިޔަން ދަތުން.

ޢުމުރުން 56 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން، މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. އުސްތަންތަނާއި އަވީގައި މަސައްކަތް ކުރުމުގެ ޤާލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. 1.    ތިނަދޫ ކައުންސިލުގެ ޢިމާރާތްތަކާއި ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކުގެ އާބާތުރަ ފިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މޭޝަނަށް އެހީތެރިވުން.
  2. 2.    ތިނަދޫ ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުން.
  3. 3.    މިސްކިތްތަކާއި ކައުންސިލްގެ އޮފީސް ޢިމާރާތްތަކާއި ޕާރކުތައް އިތުރަށް ތަރައްޤީ ކުރުމަށް ކައުންސިލުގެ އިދާރާއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ މޭސަނަރީ އަދި ކޮންކްރީޓް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  4. 4.    މޭސަންގެ އިރުޝާދުގެ ދަށުން ބާބެންޑިންގ މަސައްކަތްތަކާއި ޝަޓަރިންގ މަސައްކަތްތައް ކުރުން.
  5. 5.    ސިމެންޓް މިކްސިންގ މަސައްކަތް ކުރުމާއި ބިންކޮނުމުގެ މަސައްކަތް ކުރުން. 
  6. 6.    އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާއިން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

08 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

28 ނޮވެންބަރު 2021
ހޯދާ