އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރ: GS41-IUL/2021/11

 

އިޢުލާން

 

 

2022 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

     

          01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

           މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 5 ން 9 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "މަޢުލޫމާތު ޝީޓް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.  

  މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

    ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 ޑިސެންބަރު 2021 ވާ އާދީއްތަ  ދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އިރުޝާދިއްޔާ ސްކޫލް

ފޯން: 6891618

އީ-މެއިލް: [email protected]

 

01  ޖުމާދަލް އޫލާ 1443

05   ޑިސެންބަރު 2021              

05 ޑިސެންބަރު 2021
ހޯދާ